ads
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
މަސްތުވާތަކެއްޗާއެކު މިލަންދޫން ދެ ޒުވާނަކު ހައްޔަރު
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ށ. މިލަންދޫން ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ ޖުލައި 27 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި 29 އަހަރާއި، 23 އަހަރުގެ ދިވެހި ދެ ފިރިހެން ޒުވާނުން ހައްޔަރުކުރެވިފައިވާކަމަށެވެ. 

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން މި ދެ ޒުވާނުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިފައިވެއެވެ. މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަންކަމަށް ފުލިހުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާކަމަށް ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް