މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ބ. އަތޮޅުގައި ދެކޮޅު ދަތުރަކަށް އެންމެ ބޮޑުވެގެން ދައްކަންޖެހޭނީ 225 ރުފިޔާއެވެ. އަދި އެއްކޮޅު ދަތުރުތަކަށް އެންމެ މަތިވެގެން ނަގާނީ 125 ރުފިޔާއެވެ.
އޯގަސްޓު 3 ވަނަ ދުވަހުގެ ނިޔަލަށް ބ. އަތޮޅުގައި ހިލޭ ދަތުރުކުރެވޭނެއެވެ. މީގެ ބޭނުމަކީ ރައްޔިތުން މި އާ ހިދުމަތަށް ހޭނުވުމެވެ. މި މުއްދަތު ހަމަވުމަށްފަހު ޓިކެޓު ނަގައިގެން ދަތުރުކުރަންޖެހޭނެއެވެ. ޓިކެޓު ނެގުމަށް އާރްޓީއެލް މޯބައިލް އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ.
އާރްޓީއެލް ފެރީ ހިދުމަތް ބ. އަތޮޅުގައި ފެށުމާއެކު މިހާރު ރާއްޖޭގެ 11 އަތޮޅެއްގައި މި ހިދުމަތް މިވަނީ ފެށިފައެވެ.