ads
ކުޅުދުއްފުށި ސިޓީ: ވޯލްޑް ކްލީންއަޕް ޑޭ 2024 އާއި ގުޅިގެން ހިންގި ސާފުކުރުމުގެ ހަރަކާތް
ކުޅުދުއްފުށީ ޓޫރިޒަމް ތަރައްގީއަށް ކޮންސަލްޓެންސީ ހޯދަން ބިޑަށް
ކުޅުދުއްފުށި ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށް ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
Advertisement

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ކުރިން ބިޑުގައި ރަޖިސްޓަރީ ވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މި މަސައްކަތާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވަނީ 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ކުޅުދުއްފުށި ސިޓީގައި 1 ޖުލައި 2025 ގައި ޓޫރިޒަމް އެޑްވައިޒަރީ ބޯޑެއް ވަނީ އިފްތިތާހްކޮށް މަސައްކަތް ފަށާފައެވެ. މި ބޯޑު އެކުލަވާލި މައިގަނޑު މަގުސަދަކީ، ސިޓީ ކައުންސިލުން ހިންގާ މަޝްރޫއުތަކާއި ހަރަކާތްތަކުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ހާއްސަ ކަންކަމުގައި އެ އިދާރާތަކުގެ މަސްލަހަތުވެރިންނާއި، ފަންނީ ފަރާތްތަކުގެ ބަސް ސިޔާސަތު ކަނޑައެޅުމުގައި ހޯދުން ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް