
އުރީދޫ މޯލްޑިވްސްގެ 20 އަހަރު ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އެޕްރީލް މަހު ވަނީ ލިވް އަންލިމިޓަޑް ކެމްޕެއިން ފަށާފަ އެވެ.
މިކެމްޕެއިންގެ ދަށުން އުރީދޫގެ ކޮންމެ ހިދުމަތަކަށް 250 ރުފިޔާ ނުވަތަ އެއަށްވުރެ ބޮޑު ހޭދައެއް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީޑްރޯއެއް ނެގިގެންދާނެ އެވެ. ނަސީބުވެރި 19 ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު، 20 ވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާއަށް ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަމައެހެންމެ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ. މި ބޯނަސް ޑޭޓާ ހަތަރު ހަފުތާއަށް ބޭނުންކުރެވޭނެއެވެ.
މީގެ އިތުރަށް މި މަހުގެ ފުރަތަމަ ތިން ދުވަހު ކަސްޓަމަރުންނަށް މައި އުރީދޫ އެޕްގައި ވާ "ސްޕިން ދަ ވީލް" ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރުވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
މި މަހުގެ ތެރޭގައި އެމްފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވެސް އުރީދޫއިން ވަނީ ނިންމާފަ އެވެ.