ads
މުހައްމަދު ޝަހީދު އާއި ރައީސް ޑރ. މުއިއްޒު
ކޯޓަށް މައްސަލަ ލާފައި އޮއްވާ ޝަހީދު ހުވާކުރަން ތާވަލުކޮށްފި
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި، މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ހުއްޓުވުމަށް ސިވިލް ކޯޓަށް ހުށައަޅާފައިވަނިކޮށް އޭނާ ފަނޑިޔާރުކަމުގެ ހުވާކުރުން ތާވަލުކޮށްފިއެވެ.
Advertisement

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 18 ބޭފުޅުންގެ ތެރެއިން، ހައިކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ، ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ. މި ދެ ބޭފުޅުންގެ ތެރެއިން ޝަހީދު، ހައިކޯޓަށް އައްޔަން ކުރުން ހުއްޓުވުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ދައުލަތުގެ ވަކީލެއް ކަމަށްވާ އަހުމަދު ނައުޝާދުއެވެ. 

ނައުޝާދަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ވަކީލެކެވެ. ޝަހީދު ހައިކޯޓަށް ނެގުން ހުއްޓުވުމަށް، ނައުޝާދު ހުށަހެޅުއްވުމަށް ފަހު އެ މައްސަލަ ނިމެންދެން އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. 

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނިކޮށް ހައިކޯޓުގެ ފަނޑިޔާރުން ހުވައި ކުރުން މާދަމާރޭ ބާއްވަން ޖޭއެސްސީން ވަނީ ނިންމާފައެވެ. ހުވާ ކުރުން އޮންނާނީ ސުޕްރީމް ކޯޓުގައެވެ.

ނައުުޝާދު ސިވިލްކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ ސިޔާސީ މަގާމެއް އަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކޮށްގެން ނަޒާހަތްތެރިކަމާ އެކު، މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައިވެސް ވެރިކަން ކުރާ ޕީއެންސީއަށް ވަރުގަދައަށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. އަދި ސަރުކާރު ދިފާއުކުރުމަށް އެކި ޕްލެޓް ފޯމުތަކުގައި ވާހަކަ ދައްކަވަމުން އަންނަ ބޭފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް