ads
މަސްމާރުކޭޓް ސަރަހައްދުގައި އަޅާފައިވާ ބައެއް އުޅަނދުތައް
މަސްމާރުކޭޓް ސަރަހައްދުގައި އަޅާ ދޯނިތަކުން ފީ ނަގަނީ
ނޯތު ހާބަރު ސަރަހައްދު މަސްމާރުކޭޓާއި ހަަމައަށް ބޮޑުކޮށް އެ ސަރަހައްދުގައި އަޅާ ދޯނިތަކުން ފީ ނަގަން ނިންމައިފިއެވެ.
Advertisement

މިހާތަނަށް ލޯކަލް މާރުކޭޓް ކުރިމަތިން ފަށިގެން މަސްމާރުކޭޓާއި ދޭތެރޭގައި އޮތް ސަރަހައްދު ބަލަހައްޓަމުން އައީ މާލޭ ސިޓީ ކައުންސިލުންނެވެ. އެހެންނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް އެމްޕީއެލްއާއި ހަވާލުކޮށްފައެވެ. އެމްޕީއެލުން މިހާތަނަށް ބަލަހައްޓަމުން އައީ ނޯތު ހބާބަރު ސަރަހައްދު އެކަންޏެވެ.

އެމްޕީއެލުން ބުނީ އެ ސަރަހައްދުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރު މާލޭ ނޯތު ހާބަރުގައި ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށެވެ.  އަދި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަނދަރުގެ ހިދުމަތް ލިބޭނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރަށްކަމަށްވެސް އެމްޕީއެލުން ބުނެއެވެ. 

އެމްޕީއެލްއިން ބުނީ އަންނަމަހުގެ އެއްވަނަދުވަހުން ފެށިގެން އެ ސަރަހައްދުން ދޯނިތަކަށް ހިދުމަތްތައް ދޭނީމާލޭ ނޯތު ހާބަރުގެ ރަސްމީ އުސޫލުތަކާއި ޓެރިފްތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް