ads
އަބްދުލްޣަނީ މުޙައްމަދު
އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ލަފާދީފި
ހުސްވެފައިވާ އުއްތަމަ ފަނޑިޔާރަކަށް، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން ލަފާދޭން ޖޭއެސްސީން ނިންމައިފިއެވެ.
Advertisement

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ޖޭއެސްސީން މިއަދުވަނީ އިންޓަވިޔުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީން މިއަދު ކުރި އިންޓަވިއުއަށް ފަހު ނިންމީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެ މަގާމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ކަން ރިޕޯޓްތައް ބުނެއެވެ. 

ޣަނީގެ އިތުރުން އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް، މި ތިން ބޭފުޅުން މި ކުރިމަތިލެއްވީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި ދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހުޅުވާލުމުންނެވެ. 

އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް