
އާރްޓީއެލްގެ ފެރީގެ ހިދުމަތް މިހާރު 11 އަތޮޅުގައި ވަނީ ފަށާފަ އެވެ. އެއީ ހއ، ހދ، ށ، ނ، ރ، ބ، ޅ، ގއ، ގދ ފުވައްމުލައް އަދި އައްޑޫ އެވެ.
އާރްޓީއެލް ފެރީ ހިދުމަތް މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ޔާސިރު ވިދާޅުވީ އާރްޓީއެލް ފެރީތައް ބަނުމަށްޓަކައި އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދޭން އެއްބަސްވި 100 މިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ޒޯން 2 ގެ ފެރީ ޓާމިނަލްގެ މަސައްކަތްވެސް މި އެހީގައި ކުރުމަށް ނިންމާފައިވާ ކަމަށް ޔާސިރު ވިދާޅުވި އެވެ.
ރައީސް ސޯލިހު ސަރުކާރުން ފެށި މި ހިދުމަތް ދެނީ ތިން ފިޔަވައްސެއް ހިމެނޭ ގޮތަށް ހަ ސަރަހައްދަކަށް ބަހާލައިގެންނެވެ. މި ހިދުމަތުގެ މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު، ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ޒޯނެއްގައި މި ޚިދުމަތް ފެށުމެވެ.