
ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދެކެވެ. އެގޮތުން އެ ވައުދި ފުއްދުމަށް ރައީސްއަށް ލިބިފައިވާ ބާރުގެ ދަށުން މިދިޔަ މާޗް މަހުގެ 29ގައި ވަނީ ކެލާގެ ފަޅުތެރެއިން 325.5 ހެކްޓަރު އުނިކޮށްފައެވެ.
ޓްއަރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކެލާ ފަޅުގެ ތެރެއިން ދެ ރަށް ހިއްކާ އެތަނުގައި ރިސޯޓް ހަދާ ހިންގަން ބޭނުންވާ ފަރާތަތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.
ރިސޯޓް ހިންގަން ކެލާ ފަޅުން ހިއްކާ ދެ ރަށުގެ ސައިޒް
- 156.2 ހެކްޓަރުގެ ސަރަހައްދެއްގައި 12.19 ހެކްޓަރުގެ ރަށެއް ހިއްކުން
- 169.3 ހެކްޓަރުގެ ސަރަހައްދެއްގައި 12.19 ހެކްޓަރުގެ ރަށެއް ހިއްކުން
މި ދެ ފަޅުގައިވެސް 150 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
ޓްއަރިޒަމް މިނިސްޓްރީން ބުނީ ކެލާ ފަޅުގައި ރިސޯޓް ހަދާ ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ދިނުން އޮންނާނީ 15 އެޕްރީލާއި 06 މޭގައިކަމަށެވެ. އަދި ބީލަން ހުށައަޅަން ޖެހޭނީ ޖޫން 5 ވަނަދުވަހު 13:00 ކަމަށްވެސް ޓައްރިޒަމް މިނިސްޓްރީން ބުނެއެވެ.