
އުރީދޫ އިން ބުނީ އެ ސަބްމެރިން ކޭބަލް ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓާއި މާފުށި މެދުވެރިކޮށް ހިނގަމުންދާއިރު، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާއި ގުޅާލާފައިވާތީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ އިތުރު ކެޕޭސިޓީ އާއި ރެޒިލިއަންސް އަދި ސްޕީޑް ކަށަވަރުވާނެ ކަމަށެވެ.
ސަބްމެރިން ކޭބަލް ގުޅައިލުން ފާހަގަކުރުމަށް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ބޭއްވުނު ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގައި ފުރަތަމް ފަހަރަށް ސަބްމެރިން ކޭބްލް ރިސޯޓަށް ގުޅާލިމަކީ ޑިޖިޓަލް ޑިވައިޑް ނައްތާލައި މުސްތަގުބަލަށް ތައްޔާރުވެފައިވާ ކަނެކްޓިވިޓީއަކުން މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތުގައި ހަގީގީ ޑިޖިޓަލް ރާއްޖެއެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަބްމެރިން ކޭބަލެއް ރިސޯޓަކަށް ގުޅާލުމަކީ ޑިޖިޓަލް ފަރަގު ނައްތާލައި، މުސްތަގުބަލަށް ތައްޔާރުވެފައިވާ މުޖުތަމައުތައް ބާރުވެރި ކުރުވުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭއައި ޕަވާޑް ފީޗާތަކާއި ޕްރައިވެޓް 5ޖީ އިންފްރާސްޓްރަކްޗާއާއެކު، އެ ރިސޯޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް "ނެކްސްޓް ޖެނެރޭޝަން"ގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މިހާރު ތައްޔާރުވެފަވާ ކަމަށް ހާލިދު ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ އަދި އެމްޑީ ހާލިދު. - ފޮޓޯ:އުރީދޫ
އެ ރަސްމިއްޔާތުގައި އެ މަޝްރޫއުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ 2005 ވަނަ އަހަރު އުރީދޫ އުފެދުނީއްސުރެ، ޑިޖިޓަލް ދަތުރުގައި އެއްވެސް މީހަކު ބާކީ ނުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ކުރިއެރުމަކާއެކު، އެ ކުންފުނިން އަހަންމިއްޔަތުކަން ދެނީ "އެކްސެސިބިލިޓީ އަދި އިންކްލޫޝަން"އަށް ކަމަށް ތޯރިގު ވިދާޅުވި އެވެ.
އިތާފުށީގެ ޖެނެރަލް މެނޭޖަރު ޓީޖޭ ޖައުލަކް ވިދާޅުވީ އެ ރިސޯޓުގައި އެ މުހިންމު އިވެންޓް ބޭއްވުމަކީ ރިސޯޓަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ލަގްޒަރީއާއި ޕާސަނަލައިޒްޑް ސާވިސް ފޯރުކޮށްދޭ މަންޒިލެއްގެ ހައިސިއްޔަތުން، ދަތުރުވެރިންގެ ބަދަލުވަމުންދާ ބޭނުންތައް ފުއްދުމުގައި ކަނެކްޓިވިޓީގެ މުހިންމު ދައުރު ވިސްނޭކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސް ރާއްޖޭގެ މުވާސަލާތީ ދާއިރާ ކުރިއެރުވުމަށް ފެށީއްސުރެ 20 އަހަރު ފުރުން ފާހަގަކުރާ އިރު، މި މުހިންމު ޕްރޮޖެކްޓާއެކު އެ ކުންފުނީގެ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރަކަށް ވެގެންދާނެ އެވެ.