ޕީއެންސީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާ ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ރިޕޯޓުގައި ވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒާއި އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާއި އެމީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާއި ގުޅޭގޮތުންނެވެ. އެ ރިޕޯޓުގައި އެކުންފުނިތަކަށް ސަރުކާރުން ހިންގާ ކަންކަމުން ފައިސާ ވަދެފައިވާ ގޮތްތައް ވަނީ ހާމަކޮށްފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން
އާއްމުވެފައިވާ މި ރިޕޯޓާއި ގުޅިގެން އެކްސްގައި ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ބުނަން ނޭނގޭކަމަށެވެ. ސަބަބަކީ އެކަމުގެ އެއްވެސް މަޢުލޫމާތެއް އެވެސް ރަސްމީ އިދާރާއަކުން ލިބިފައި ނުވާތީކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އެއީ ސައްހަ ރިޕޯތެއްނަމަ އެކަން ކޮށްފައި އެވަނީ އޭނާ ހިއްސާވާ ވިޔަފާރިތަކަށް ގެއްލުން ދިނުމުގެ މަގުސަދުގައި ގަސްދުގައި އޮޅާލައިގެންކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަދި އޭނާގެ ހިއްސާ އޮންނަ ކުންފުނިތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައީސް ޔާމީން، ރައީސް ސާލިހް އަދި ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައިވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބު ކަމާއެކު ހިންގާފައިކަންވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.
ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތައް
ޝުޖާއު ވިދާޅުވީ އޭނާ އާއި އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާ ގުޅޭ ގޮތުން މިއަދާ ހަމައަށް އައިއިރު ދުވަހަކުވެސް އެއްވެސް އިދާރާއަކުން ކަމެއް ސާފުކޮށް، އެއްވެސް މައްސަލައެއް ނުބަލާ ކަމަށެވެ. އަދި ބަލަން ޖެހޭ އެއްވެސް މައްސަލައެއް ނޯންނާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;