ads
ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމުގެ ތެރެއިން
ބަލި މީހުންނަށް އާރުޓީއެލްގައި ހިލޭ ދަތުރުކުރަން ބީއެމްއެލް ކާޑެއް ހަދަނީ
ދާއިމީ ބަލިތަކަށް ފަރުވާ ހޯދަން އާރްޓީއެލް ފެރީގައި ދަތުރުކުރަން ޖެހޭ ބަލި މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
Advertisement

ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބަލިތަކަށް ފަތުވާ ހޯދާ މީހުންނަށް މިހާރުވެސް އެންސްޕާގައި ކާޑެއް މެދުވެރިކޮށް ބައެއް ސަރަހައްދުތަކުގައި ހިލޭ ދަތުރުކުރެވެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް ޑެޕިއުޓީ މިނިސްޓަރު އިބްރާޙިމް ޔާސިރް ވިދާޅުވީ ބޮޑެތި އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދުމަށް، ގަވައިދުން ދަތުރުކުރަންޖެހޭ މީހުންނަށް އާރްޓީއެލްގައި ހިލޭ ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަމަށެވެ. އަދި މިކަން ކުރާނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ގުޅިގެންކަމަށެވެ. 

އެގޮތުން އެފަދަ ބަލި މީހުންނަށް އެންސްޕާ މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްގެ ކާޑެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޔާސިރު ވިދާޅުވިއެވެ. އަދި އެކާޑު ބޭނުންކޮށް ބަލި މީހާއާއި އޭނާގެ އެހީތެރިޔާއަށް ހިލޭ ދަތުރުކުރެވޭނެކަމަށް ޑެޕިއުޓީ މިނިސްޓަރު ޔާސިރު ވިދާޅުވިއެވެ.

ޖީބަށް ލުއި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުންނެވެ. ނ އަތޮޅާއި ރ. އަތޮޅުގައި މި ހިދުމަތް ފެށި މި ސަރުކާރުންނެވެ. ބ. އަތޮޅުގައި ހިދުމަތް ފެށުމުން 11 އަތޮޅުގައި މި ހިދުމަތް  ލިބޭނެއެވެ. އެ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ރ، ޅ،ގއ، ގދ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއެވެ. 

އެމްޓީސީސީން ބުނީ ބާކީ އޮތް 09 އަތޮޅުގައި މި ހިދުމަތް ފެށުމަށްް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް