ads
ފަރަށް އެރި ދޯނިން ކަނޑުވި މީހުން ސަލާމަތްކޮށް ނަގަނީ
ފަރަށް އެރި ދޯންޏެއްގެ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި
ފަރަށް އެރި ދޯންޏެއްގެ މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 އެހައިކަންހާއިރު ލިބުނުކަމަށެވެ. 

މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި 3 މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ވަނީ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރުވަނީ ފެލިދޫއަށް ގެންގޮސްފައިކަމަށާއި އެ 3 މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ ދޯނިން ދަތުރުކުރީ  ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުންކަމަށެވެ. 

your image ''އަލްމަޖްރާ'' ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށް ދަނީ 

ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް ދޯނިން ސަލާމަތްކުރި މީހުންނާއި ހަވާލާދީ ފުލުހުން ބުނެއެވެ. އެ ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް