ads
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ލާމަރުކަޒީ ގާނޫނު އިސްލާހުކުރަނީ ބާރުވެރިކަން ފޭރިގަންނަން: ފައްޔާޒު
ލާ މަރުކަޒީ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ، ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެއްކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެެއް ވަނީ މަޖިލިހަށް ހުށައަޅާފައެވެ. މި ބިލުގެ ބަހުސް މާދަމާ ފެށުމަށް މަޖިލީހުން ވަނީ ތާވަލުކޮށްފައެވެ. 

ސަރުކާރުން ހުށައެޅި ބިލަށް ފާޑު ވިދާޅުވަމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ލާ މަރުކަޒީ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ، ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެއްކަމަށެވެ. 

" ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި، އާމްދަނީ ހޯދާނެ ގޮތް ކަނޑައަޅަން ޖެހެނީމައި ސަރުކާރަކުން ނޫން. ސަރުކާރަށް ބަރޯސާނުވެ ކަންކަން ނިންމުމަށް މާލީ މިނިވަންކަން ކައުންސިލްތަކަށް އޮންނަން ޖެހޭ މިހާރު އޮތް ބިލުގެ ސަބަބުން ލާމަރުކަޒީ ނިޒާމު ފުނޑިގެން ގޮސް، މައި ސަރުކާރަށް އަޅުވެތިވުމަށް ކައުންސިލްތަކަށް މަޖުބޫރުވާނެ." ފައްާޒު އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ރައްޔިތުންގެ ބާރުވެރިކަން މައި ސަރުކާރަށް ނެގުމަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް ތެދުވެ ވަކާލާތު ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބެވި އެންމެހާ ކައުންސިލަރުންނަށް ފައްޔާޒު ވަނީ ގޮވާލައްވާފައެވެ. 

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ހުށައެޅި ބިލުގައި ބުނެފައިވަނީ އެ ބިލު ހުށައެޅުމުގެ މަގުސަދަކީ ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފިނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖާކުރުންކަމަށެވެ. އަދި މީގެއިތުރުން ކައުންސިލްތަކުގެ އުމުރުގެ އެންމެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިއްމު މާލީ ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމަކީވެސް މި ބިލު ހުށައެޅުމުގެ މަގުސަދެއްކަމަށް ސަރުކާރުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް