ads
އަބްދުލްޣަނީ މުޙައްމަދު
އުއްތަމަ ފަނޑިޔާރު އައްޔަނުކުރަން މަޖިލީހަށް ފޮނުވައިފި
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމަށް ބިއުނަލްގެ ރައީސް އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފިއެވެ.
Advertisement

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިދިޔަ މަހުގެ 21 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ އަބްދުލް ގަނީގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. މި ތިން ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސަށް ލަފާ އަރުވާފައިވަނީ އަބްދުލް ގަނީ މި މަގާމަށް އައްޔަނުކުރުމަށެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ނަން މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ދިރާސާކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް މީހަކު އައްޔަނުކުރެވޭނީ މަޖިލީހުގެ ރުހުން ލިބުމުންނެވެ. އަބްދުލް ގަނީއަކީ މިހާރު ބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް