މީރާގެ ބޯޑުގެ ހަތަރު މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތު ހަމަވާތީ، އެ މަގާމުތަކަށް މީރާ ބޯޑަށް އަލުން މެމްބަރުން ހޮވުމަށްޓަކައި 14 ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ފޮނުއްވާފައެވެ.
ރައީސް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި އެންމެ ކުރިޔަށް އެންމެ އިސްކަން ދެއްވާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުالله ހިލްމީގެ ދަރިކަލުން މުހައްމަދު އިމްތިނާން ސައުދުالله އަށެވެ.
މީރާ ބޯޑަށް އައްޔަންކުރަން ފޮނުއްވި ނަންތައް
ރައީސް އިސްކަން ދެއްވާ ފޮނުއްވި ލިސްޓުގައި މީރާގެ ބޯޑުގައި މިހާރު ވެސް ތިއްބަވާ ދެ މެމްބަރަކުވެސް ހިމެނެއެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް އިގުތިސާދީ ކޮމިޓީއަށް ފޮނުވާފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;