
މި ހިދުމަތުގެ ދަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކު 1200 އެމެރިކާ ޑޮލަރާ ހަމައަށް ފޮރިން ކަރަންސީ ބޭނުންކުރެވޭނެއެވެ.
ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން މިކަން ހާމަކުރަމުން ބުނީ މި ހިދުމަތް ލިބޭނީ ސަރުކާރުގެ ލޯނު އެހީގައި ކިޔަވާ ދަރިވަރުންނާއި އަމިއްލަ ހަރަދުގައި ކިޔަވާ ދަރިވަރުންނަށެވެ. މި ހިދުމަތުގެ ސަބަބުން ދަރިވަރުންނަށް ޓިއުޝަން ފީ ދެއްކުމަށާއި އެލަވަންސްގެ ގޮތުގައި ޑޮލަރު ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.
ދަރިވަރުންގެ ބޭކް ކާޑުން އެކަޑެމިކް ބޭނުންތަކަށް 1200 ޑޮލަރާ ހަމައަށް ހަރަދުކުރެވޭނީ ބޭންކް އޮފް މޯލްޑިވްސްއިން މިކަމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅިގެންނެވެ. މި ހިދުމަތަކީ ރާއްޖޭގެ ދަރިވަރުން ބޭރުގައި ކިޔަވަން ދިމާވާ ފައިސާގެ ދަތިތައް ހައްލުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.