ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދަނީ
ކަރަންކާ މަގު ރޭޑުކޮށް 25 މީހުން ހައްޔަރުކޮށްފި
ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކަމޮޑޭޝަން ބްލޮކެއް ރޭޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 25 ބިދޭސީން އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު ޓާސްކް ފޯސްއިން ހިންގި ރޭޑުގައި މި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކެނޑިނޭޅި ރޭޑު އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، މީގެ ކުރިން ދިލްބަހާރު މަގުގައި ހިންގި ރޭޑަކުން 31 ބިދޭސީން އަދި ހުޅުމާލޭ "ރަށު މާރުކޭޓު" ސަރަހައްދުން 37 ބިދޭސީން ހައްޔަރުކޮށްފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން ގެންދެއެވެ. އިމިގްރޭޝަނުގެ މަގްސަދަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް