
ބައްދަލުވުން ސިއްރުކުރުމަށް އެދުނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ.
ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުމުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ތާއީދު ކުރުމާއެކު، ހަ މެމްބަރުންގެ ވޯޓުން ބައްދަލުވުން ސިއްރުކުރަން ފާސްކުރީއެވެ. އެހެންނަމަވެސް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މެމްބަރުން ވަނީ މި ހުށަހެޅުމާ ދެކޮޅަށް ވާހަކަދައްކާފައެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، "ގައުމީ ސަލާމަތަށް އަދި ރައްޔިތަކަށް ފޮރުވަން ޖެހޭ ފަދަ އެއްވެސް މައުލޫމާތެއް، ގައުމުގައި މިހާރު އޮތް ޑޮލަރުގެ ތާށިކަމާ ގުޅޭގޮތުން އޮންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" ކަމަށެވެ. އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވެސް ވަނީ ކޮމިޓީ ސިއްރުކުރުމާ ދެކޮޅު ހައްދަވާފައެވެ.