
މި ވަދު ކަނދުފަތި ގާއިމުކޮށްފައިވަނީ މިއަދު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މި ވަދު ކަނދުފަތީގެ ނަންބަރަކީ K09V03 ކަމަށް އަދި ލޮކޭޝަނަކީ 02° 40.600′ N, 73° 28.900′ E ކަމަށް ވެސް ބުންޏެވެ.
މި ވަދު ކަނދުފަތި ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ވަދު ކަނދުފަތި ގާއިމުކުރުމާ ގުޅިގެން އެ ސަރަހައްދުގެ މަސްވެރިންނަށް، ހާއްސަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބުނު އުފަލެއް ކަމަށް ދެކެއެވެ.
ވަދު ކަނދުފަތި ގާއިމުކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވެމުން ގެންދާ މުހިންމު މަސައްކަތެއް ކަމަށް ބުންޏެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު ވަދު ކަނދުފަތިތައް ގާއިމުކުރުމަށް މަސައްކަތް ކުރެވެމުންދާނެ ކަމަށްވެސް ބުންޏެވެ.