ads
ބިދޭސީއަކު ހައްޔަރުކުރަނީ
މާލޭ ކެފޭއަކުން ދެ މީހުން ހައްޔަރުކޮށްފި
އިމިގްރޭޝަން އޮތޯރިޓީގެ ޓާސްކް ފޯސްއިން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި މާލޭގައި ހިންގަމުން އަންނަ ކެފޭއެއްގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުން އައި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން މި އޮޕަރޭޝަން ހިންގީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. އަދި މި ކެފޭ ބަލައި ފާސްކުރުމަށްފަހު އެ ދެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލޭގެ ކަރަންކާ މަގުގައި ހުރި ކެފޭއަކާއި އެކަމޮޑޭޝަން ބްލޮކެއް ރެއިޑްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 25 ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. މީގެ އިތުރުން ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑު ކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން ރެއިޑްކޮށް 31 ބިދޭސީން ހައްޔަރުކޮށްފައިވާއިރު، ހުޅުމާލޭގެ "ރަށު މާރުކޭޓު" ސަރަހައްދުން 37 ބިދޭސީން ވެސް ހައްޔަރުކޮށްފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަތަކަށް ޖުމްލަ ހައްލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް