
"ކަނބުލޮ" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ވަނީ ފަށައިފަ އެވެ. އަދި މި ފިލްމު އަތޮޅުތަކުގައި އަޅުވަން ވެސް އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ. އެކަމަށް ޝައުގުވެރިވާ ރަށްތަކުން ވައިބާ ކުރަން ޖެހެނީ މި ނަމްބަރު 7779621 އަށެވެ.
މި ފިލްމަކީ 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ވާހަކަ ލިޔެފައިވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލް ގަނީ އެވެ.
ކަނބުލޮ ޓްރެއިލައިން ފެންނަ ގޮތުގައި ފިރިހެނެއްގެ އަނިޔާވެރިކަމާއި އަސަރުން ފުރިގެންވާ ލޯބީގެ އެތައް މަންޒަރެއް މި ފިލްމުގައި ހިމެނޭނެ އެވެ. މި ފިލްމު ޕްރިމިއާ ކުރާނީ އޮލިމްޕަހުގަ އެވެ.
އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރަކައަށްވާ އަންހެނެއްގެ ވާހަކަ ކިޔައިދޭނެ "ކަނބުލޮ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި އަހުމަދު ނިމާލުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.