ads
ދުންފަތް، ސިގެރޭޓް ފޮޓޯ: އިންޑިއާ.ކޮމް
ދުންފަތް ހުއްޓާލާ ރަށްރަށަށް އިނާމު ދޭން ހިޔާލު ހޯދަނީ
ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމާއި ގުޅޭ ދިރާސާއަށް ހިޔާލު ހޯދަން ފަށައިފިއެވެ.
Advertisement

ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅީ މިދިޔަ ޖޫނންމަހުގެ 24 ވަނަދުވަހުއެވެ. އަދި އެކަމާއި ގުޅޭ މަސައްކަތް ކުރަން ކަމާއި ގުޅޭ ކަރުދާހެއް ތައްޔާރުކުރަން ވަޒީރުންނަށް އަންގާފައިވާކަމަށް ރައީސް މުއިއްޒު އެދުވަހު ވިދާޅުވިއެވެ.  

ދުންފަތް ހުއްޓާލާ ރަށްރަށަށް އިނާމު ދޭން އެކަމާއި ގުޅޭ ހިޔާލު ހޯދުމުގެ ދިރާސާއެއް ސަރުކާރުން ވަނީ ފަށާފައެވެ. މި ދިރާސާ ހަދަމުން އަންނަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނެވެ. 

އެ އޮތޯރިޓީން ވަނީ މި ދިރާސާއަށް ސުވާލު ކަރުދާހެއް ގޫގްލްސްގައި އާއްމުކޮށްފައެވެ. 

މި ސުވާލުކަރުދާހަށް ޖަވާބުދޭ މީހުންނަކީ ދުންފަތުގެ ސިނާއަތުގެ މަންދޫބެއް ނޫންކަން ކަށަވަރުކުރުމަށްޓަކައި އިގްރާރެއް ވާންޖެހެއެވެ.

" އަހަރެން މިއީ ދުންފަތުގެ ސިނާއަތާވެސް އަދި ވިޔަފާރިއާވެސް ގުޅުމެއް އޮތް މީހަކީމެއް ނޫނެވެ. އަދި ދުންފަތުގެ ސިނާޢަތު ނުވަތަ ވިޔަފާރި ކުރިއަރާކަހަލަ އެއްވެސް ކަމެއް ކުރާ މީހަކީމެއްވެސް ނޫނެވެ." އެ އިގްރާރުގައިވެއެވެ.

އެޗްޕީއޭއިން ބުނީ މި ސުވާލު ކަރުދާހުގެ މަގްސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓަލާ ރަށްރަށުގެ އަބާދީގެ އެންމެނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭގޮތުން އާންމުންގެ ޖިޔާލު ހޯދުންކަމަށެވެ. އަދި މުޖުތަމައު ހޭލުންތެރިކުރުމާ ގުޅޭ ގޮތުންނާ، ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާމެދު އާންމުން ދެކޭގޮތާއި، ކުރިއަށް އޮތްތަނުގައި ރަގަނޅު ކުރުމަށް ފެންނަ ކަންތައްތައް ދެނެގަތުމަކީވެސް މި ދިރާސާގެ ބޭނުމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. 

މި ސުވާލު ކަރުދާސް ފުރިހަމަ ކުރައްވާ އެއްވެސް ފަރާތެއްގެ މަޢުލޫމާތު ހާމައެއް ނުކުރާނެކަމަށާއި މި މަޢުލޫމާތުތައް ބޭނުން ކުރާނީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައާ އެކަމާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައިކަމަށް އެޗްޕީއޭއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް