ads
އެސްއެމްއީ ހަބް އަށް މިނިސްޓަރު ސައީދު ޒިޔާރަތްކުރެއްވުން
އަސާސީ ކާބޯތަކެތީގެ އަގުތަށް ދެނެގަތުމަށް އާ ޕްރައިޒް އިންޑެކްސްއެއް ތައާރަފުކުރަނީ
އާންމުކޮށް ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް "އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް" އެއް ތައާރަފްކުރަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރު އައިސް ފާއިތުވެދިޔަ ދެ ރަމަޟާން މަހު ވެސް އާންމުންނަށް ދަތިނުވެ، އެކަށީގެންވާ އަގުގައި ކާބޯތަކެތި ލިބުނު ކަމަށެވެ. މަދު ހާލަތެއްގައި ދެތިން ދުވަހަށް ބައެއް ތަކެތި ނުލިބި ދިޔަ ނަމަވެސް ކޮންމެވެސް ގޮތަކުން އެކަން ކަމަށް ވެސް ހައްލު ހޯދުނުކަން ސައީދު ވިދާޅުވި އެވެ.

އެއީ ސަރުކާރުން ކާބޯތަކެތީގެ އަގުތައް ހެޔޮކޮށް، ފަސޭހައިން ލިބޭ ގޮތް ހެދުމަށް އެޅި މުހިންމު ފިޔަވަޅުތަކުން ލިބުނު ކާމިޔާބީ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަގުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން ވަރަށް އަވަހަށް ތައާރަފް ކުރާ އިންޑެކްސްގެ ތެރެއިން އެންމެ މުހިއްމު ބާވަތްތަކުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދެ ދުވަހެއްގެ ތެރޭގައި އެ އިދާރާއިން އެކަން އާންމު ކުރާނެ ކަމަށެވެ.

މީގެ ކުރިން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އިންފްލޭޝަން ދެނެގަންނަނީ ކޮންސިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) ބޭނުން ކޮށްގެންނެވެ. އެއީ ހުރިހާ ބާވަތްތަކެއް އަގުތައް ހިމަނައިގެން ހަދާ ހިސާބެކެވެ.

"އަޅުގަނޑުމެން މި ކަނޑައެޅީ 162 ބޭސްލައިން އައިޓަމްތައް، އޭގެ ތެރޭގައި ކުދި ވިޔަފާރިތަކަށް ދޫކުރާ ޑޮލަރު ރޭޓު ވެސް އިތުރުކޮށްފައިވޭ. އަދި ރިޒާވް ބޭންކް އޮފް އިންޑިއާ އާއި އެމްއެމްއޭއާ ދެމެދު ކުރެވޭ ލޯކަލް ކަރަންސީ ސެޓްލްމަންޓްގެ ދަށުން މިހާރު ބީއެމްއެލްގައި ވެސް ރުޕީސް އަދި ރުފިޔާގެ އެރޭންޖްމަންޓްތަކެއް އެބަ ހެދޭ. ހަމައެގޮތަށް ޕީޕަލްސް ބޭންކް އޮފް ޗައިނާއާ އެމްއެމްއޭ ވެސް މަސައްކަތް އެބަކުރޭ" ސައީދު ވިދާޅުވި އެވެ.

މި 162 އައިޓަމްގެ ތެރޭގައި ގޭބީސީތަކުން އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ 111 އައިޓަމަކާއި މޭވާ އަދި ތަރުކާރީގެ 39 ބާވަތަކާއި މަސް ނުވަތަ މަހުގެ ބާވަތްތައް ހިމެނޭ 10 އައިޓަމާއި ހަކަތައިގެ ބާވަތްތައް ހިމެނޭ ދެ އައިޓަމް ހިމެނެ އެވެ.

މި އާ އިންޑެކްސްއާއެކު މަސް ނިމުމުން އެ ތަކެތީގެ އަގުތައް އުފުލިފައިހުރި މިންވަރު ދެނެގަނެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކާބޯތަކެތީގެ އަގުތައް ދެނެގަތުމުގެ ގޮތުން ކޮންމެ ދުވަހަކު ވެސް ބޮޑެތި ފިހާރަތަކުގައި ތަކެތި ވިއްކާ އަގުތައް ދެނެގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަގުތައް ކޮންޓްރޯލް ކުރުމުގައި ވަށާ ޖެހޭ ހައްލުތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އިތުރު ހައްލުތައް ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް