ހައިކޯޓުގެ ފަނޑިޔާރުކަމުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެޕްލައި ކުރި 18 މީހުންގެ ތެރެއިން ޝަހީދު ހިމެނޭހެން ދެ މީހަކު ނަގަން ޖޭއެސްސީން ނިންމި ނަމަވެސް ޝަހީދުވަނީ އޭނާގެ ނަން އަނބުރާ ނަގާފައެވެ. ޝަހީދުއާއެކު ދެން ފަނޑިޔާރުކަމަށް ކުރިމަތިލީ އަބްދުﷲ ޖަމީލް މޫސާ މިހާރުވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރައްވާފައެވެ.
ކުރިން ހުޅުވާލި ފުރުސަތުގައި 18 ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އަނެއްކާވެސް ކުރިމަތިލުމަށް ހުޅުވާލުމަށެވެ. ކޮމިޝަނުގެ ނިންމުމާ އެކު މިއަދު ކޮމިޝަނުން ވަނީ އެ ކަމުގެ އިއުލާން ނެރެފަ އެވެ.