ads
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވަލޮޕްމަންޓް އޮފީހުގެ މިނިސްޓަރު ސީމާ މަލްހޯތުރާއާ ބައްދަލުކުރެއްވުން
އަންހެނުން ބާރުވެރިކުރުމާ ގުޅޭގޮތުން މެޑަމް ސާޖިދާ މަޝްވަރާކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވަލޮޕްމަންޓް އޮފީހުގެ މިނިސްޓަރު ސީމާ މަލްހޯތުރާއާ މުލީއާގޭގައި މިއަދު ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.
Advertisement

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އިތުރުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންހެނުންގެ ދައުރު ފުޅާކުރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ މައްޗަށް ވާހަކަދައްކަވާފައެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތައް ފަދަ ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކުޑަކުދިންގެ ރައްކާތެރިކަމާއި، ތައުލީމީ ދާއިރާ އަދި ތިމާވެށީގެ މައްސަލަތަކުގައި އަންހެނުންގެ އަޑު އުފުލުމުގެ މުހިންމުކަމާ ގުޅޭގޮތުން، ސިވިލް ސާވިސްގައި އެކަމަނާ ކުރެއްވި ތަޖުރިބާގެ އަލީގައި ވާހަކަދެއްކެވިއެވެ.

މިނިސްޓަރު ސީމާ މަލްހޯތުރާ ވަނީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެކަމަނާ ކުރައްވާ މަސައްކަތްޕުޅުތައް ވެސް މި ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް، ހާއްސަކޮށް އިގްތިސާދީ ދާއިރާއިން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް