ads
ގެއްލިގެން ހޯދަމުން އަންނަ ނައިފަރު ސީނިޔާގެ އުމުރުން 15 އަހަރުގެ ހަދީޖަތު މައިސަރާ އަބޫބަކުރު
ނައިފަރުން 15 އަހަރަުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
ޅ. ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ނައިފަރު ސީނިޔާގެ އުމުރުން 15 އަހަރުގެ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލްކަމަށެވެ. 

ފުލުހުން ބުނީ މި އަންހެން ކުއްޖާ ހަބަރެއް ނުވެގެން އާއިލާއިން މިއަދު ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި މި ކުއްޖާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށް އާއިލާއިން ބުނާކަމަށްވެސް ފުލުހުން ބުނެއެވެ. 

15 އަހަރުގެ މި ކުއްޖާ ގެއިން ނުކުމެގެން ދިޔައިރު ލައިގެންހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. 

ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް