ads
މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓެއް
މެލޭޝިއާ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިނުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރު ކުރަން ނިންމައިފި އެވެ.
Advertisement

އެ އެއާލައިނުން ރާއްޖެއަށް ކުރަމުންދާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.

މެލޭޝިއާ އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް 7 އަހަރަށްފަހު ރާއްޖެއަށް އަލުން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މެލޭޝިއާ އެއާލައިނުން މިހާރު ރާއްޖެއަށް ކުރަމުންދަނީ ހަފްތާއަކު 1 ދަތުރެވެ. ނަމަވެސް މި ދަތުރުތައް ހަފްތާއަކު 11 ދަތުރަށް އިތުރުކުރުމަށް އެ އާލައިނުން ވަނީ ނިންމާފަ އެވެ. 

އިތުރުކުރާ ދަތުރުތައް އޮންނާނީ ހޯމަ، ބުދަ، ހުކުރު އަދި އާދިއްތަ ދުވަހު އެވެ. މި ދަތުރުތައް ކުރަނީ މެލޭޝިއާގެ ކުއަލަ ލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މާލެ-މެލޭޝިއާ ދަތުރުތަކުގައި ބޭނުން ކުރާނީ ބޯއިން 737 މެކްސް-8 މަރުކާގެ ބޯޓުތަކެވެ. މިއީ 174 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

މެލޭޝިއާ އެއަރލައިންގެ އިތުރުން އެ ގައުމުގެ ބަޓިކް އެއާލައިނުންވެސް ދަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އެގޮތުން އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު 7 ދަތުރުކުރެ އެވެ.

ފިނި މޫސުމުގެ ސީޒަނާ ދިމާކޮށް ބައެއް އެހެން އެއާލައިންތަކުން ވެސް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ވަނީ ނިންމައިފަ އެވެ.

މެލޭޝިއާ އަކީ މިހާރު ވަރަށް ގިނަ ދިވެހިން ވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް