
ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ މިއަދު އެމްޓީސީސީ ކަށަވަރު ޝޯ ރޫމްގައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
ޔަންމާ ސްޕެއާ ޕްރޮމޯ ކުރިއަށްދާނީ 5 އޮގަސްޓްއިން 5 ސެޕްޓެމްބަރުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ މައިގަނޑު ބޭނުމަކީ ޔަންމާ ސްޕެއާޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމެވެ.
ޕްރޮމޯޝަނުގެ މުއްދަތުގައި ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށާއި ކޮންމެ 15 ދުވަހަކުން ނެގޭ ގުރުއަތުން ހޮވޭ 2 ފަރާތަކަށް ސުޒުކީ ޑީއެފް 9.9 އިންޖީނެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންނެވެ.
"ޔަންމާ ސްޕެއާ ޕްރޮމޯ 2025" އިފްތިތާހު ކުރުން. - ފޮޓޯ: އެމްޓީސީސީ
ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ އަމާޒާއި އެއްގޮތަށް ކޮންމެ އަހަރަކުވެސް އެކު އުފެއްދުންތަކުގެ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަށް އެކުންފުނިން އިސްކަންދެ އެވެ.