ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ޅ. ނައިފަރު ސީނިއާގޭ ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް 15، އެވެ.
ފުލުހުން އެ ކުއްޖާ ހޯދަން ފެށީ އާއިލާއަށް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނީ މައިސަރާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ ނައިފަރު މަގުމަތިން މިރޭގެ ވަގުތެއްގައި އެ ކުއްޖާ ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުންޏެވެ.
އާންމުކޮށް ގެއްލިގެން ރިޕޯޓުކުރާ މީހުން ގެއްލޭތާ މާ ގިނަ ދުވަސްތަކެއްނުވެ، ފެނެއެވެ.