
ފޮރިންް މިނިސްޓްރީން މިރޭ ބުނިގޮތުގައި ލަންކާއަކީ ގިނަ ދިވެހިންތަކެއް ދިރިއުޅެމުން އަންނަ އަދި ސިއްހީ ފަރުވާއަށް ދަތުރުކުރާ ގައުމަކަށް ވާތީ، މި ނިންމުމުގެ ސަބަބުން ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބޭނެ އެވެ.
ސްރީ ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން ނުވަތަ ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތަށް ހަމަޖެއްސިކަން އިއުލާން ކުރެއްވީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެއްވި ދެ ގައުުމުގެ ގުޅިފައިވާ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރާއްޖޭގެ މިނިވަން ދުވަހު ސްރީ ލަންކާގެ ރައީސް އަނޫރާ ޑިސަނާޔަކެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެ ޒިޔާރަތް ކުރާ ލަންކާ މީހުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.