މި ދަތުރުގައި ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.
މި ދަތުރުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.
މިދިޔަ އަހަރުވެސް ދެ ފަހަރެއްގެ މަތިން ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ވަނީ ވަދައިގެންފައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ އިނގިރޭސިވިލާތަށްވެސް ވަޑައިގެންފައެވެ.