ads
ގޯތަމް އާއި ޕަންކޫރީ---
ގޯތަމްއާއެކު ގިނަ ވަގުތު ހޭދަކުރަން ލިބޭތީ ވަރަށް އުފާވޭ: ޕަންކުރީ
ފިރިމީހާ އަދި އެކްޓަރު ގޯތަމްރޯޑު އާއެކު ގިނަ ވަގުތު ހޭދަކުރަން ލިބޭތީ ވަރަށް އުފާވާ ކަމަށް އޭނާގެ އަންހެނުން އަދި އެކްޓަރެސް ޕަންކުރީ އަވަސްތީ ބުނެފިއެވެ.

އެގޮތުން މިދަނޑިވަޅުގައި ގޭގައި ބަންދުވެ ތިބެން ޖެހުނު ނަމަވެސް ދެމީހުން އެކުގައި ވަގުތު ހޭދަކުރެވޭތީ ވަރަށް އުފާވާކަމަށް ޕަންކުރީ ވަނީ ބުނެފައެވެ.

ގޯތަމް އާއި ޕަންކޫރީ އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޖޯޑެކެވެ. އެދެމީހުން ކައިވެނިކޮށްފައިވަނީ 2018 ވަަނަ އަހަރުގެ ތެރޭގައެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޕަންކުރީ ވަނީ ގިނަ ޓީވީ ޝޯތަކުން ފެނިގެން ގޮސްފައެވެ. އެނާ އެންމެ ފަހުން ފެނިގެންދިޔައީ ސްޓާ ޕްލަސް އިން ދެއްކި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިންނެވެ.

ޕަންކުރީ ވަނީ ބޮލީވުޑު ފިލްމު "ޝުބް މަންގަލް ޒިޔާދާ ސާވްދާން" ގައި ވެސް މަސައްކަތްކޮށްފައެވެ. މިއީ އޭނާގެ ފުރަތަމަ ބޮލީވުޑު ފިލްމު ވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް