
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާއާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައެވެ.
ބައްދަލުވުމުގައި މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ ޗައިނާގެ މުއްސަނދި ސަގާފަތާއި އާދަކާދަތަކަށް ތައުރީފުކުރައްވާފައެވެ. އަދި މި އާދަކާދަތަކަކީ، އެގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުގޮތުގައި ދެމިއޮތުމުގެ އަސްލުކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، މިނިސްޓަރު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދެމިގެންވާ ގުޅުމަށް ޝުކުރު އަދާކުރައްވާފައެވެ.
ދެފަރާތުން ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކޮށް، އިތުރަށް އެހީތެރިކަން ބޭނުންވާ ކަންކަމާމެދު ވެސް މަޝްވަރާކުރެވުނެވެ. ރާއްޖެއަށް ޗައިނާގެ ފަރާތުން ދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ދެމެހެއްޓޭނެކަމަށާއި އަދި ކުރިއަރާފައިވާ މުސްތަގުބަލެއް ހިއްސާކުރުމަށްޓަކައި އެކުގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސަފީރު ކޮންގް ދެއްވިއެވެ.