ads
ފްލައިޓަށް އަރާއިރު ލައިޓަރު އެރުވޭ ގޮތް ހަދައިފި
ރާއްޖެއިން ފުރާއިރު ކޮންމެ ފަސިންޖަރަކަށްވެސް ލައިޓަރު ހިފައިގެން ފްލައިޓަށް އެރޭ ގޮތް ހަމަ ޖައްސައިފިއެވެ.
Advertisement

މީގެ ކުރިން ފްލައިޓުގައި ދަތުރުކުރާއިރު ފަސިންޖަރުންނަށް ލައިޓަރު ހިފައިގެން އެރުމަކީ މަނާކަމަކެވެ. ލައިޓެރެއް އޮތްނަމަވެސް އޭތި ޗެކިން ކައުންޓަރަށް ދޫކޮށްލަން ޖެހެއެވެ. 

އެހެންނަމަވެސް އަމަލުކުރަމުން އައި މި އުސޫލަށް މިވަނީ ބަދަލު ގެނެސްގެފައެވެ. ޑިފެންސް މިނިސްޓްރީން ބުނީ އެ އުސޫލަށް ބަދަލު ގެނައީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އަދި އިންޓަނޭޝަނަލް ޓްރާންސްޕޯޓު އެސޯސިއޭޝަން (އަޔާޓާ)ގެ އުސޫލުތަކާ އެއްގޮތަށްކަމަށެވެ. 

މި ބަދަލާއި އެކު ރާއްޖެއިން ފުރާއިރު ކޮންމެ ފަސިންޖަރަކަށްވެސް އެއް ލައިޓަރު ހިފައިގެން ފްލައިޓަށް އެރޭނެއެވެ. މި ލައިޓަރު އޮންނަން ޖެހޭނީ އެ މީހެއްގެ އަތުގައި ނުވަތަ ޖީބުގައެވެ. އެހެންނަމަވެސް ފަސިންޖަރުންނަށް ފްލައިޓަށް ލައިޓަރު އެރުވޭނީ އެ މީހަކު ދަތުރު ކުރާ އެއާލައިނަކުން އެކަމަށް ހުއްދަ ކުރާނަމަކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ. 

މި ބަލަލާއި އެކުވެސް ފްލައިޓަށް އެރުވޭނީ އެންސީއޭއެސްޕީގެ ޕްރޮހިބިޓަޑް އައިޓަމްސް ލިސްޓާއި އައިކާއޯގެ ޓެކްނިކަލް އިންސްޓްރަކްޝަންސް އަދި އަޔާޓާގެ ޑޭންޖަރަސް ގުޑްސް ރެގިއުލޭޝަންގެ ދަށުން ނުރައްކާތެރި ތަކެތީގެ ގޮތުގައި ނުހިމެނޭ ކެޓަގަރީއަށް ފެތޭ ލައިޓަރުތަކެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް