މިކަން ރައީސް ނިންމަވާފައިވަނީ ރައީސްއަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
މިއަދު ރައީސް ނެރުއްވި ގަރާރަކުން މި ނިންމެވުން އިއުލާނު ކުރައްވާފައިވާއިރު، މިއީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ފުއްދެވުމެއް ކަމުގައި ފާހަގަކުރެވެއެވެ. ރައީސް އއ. އަތޮޅަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި މާޅޮހު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ރަންފަރު ފަޅު އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މި ނިންމެވުމާއެކު މާޅޮސް ރަށުގެ ސަރަހައްދު ފުޅާވެގެންދާނެއެވެ. ރައީސް އޮފީހުން މިކަން ހާމަކުރުމާއެކު މާޅޮހު ރައްޔިތުން ވަނީ އުފާވެރިކަން ފާޅުކޮށްފައެވެ.