ބައްޔަށް މަގުފަހިކުރާ ކަންކަން ދެނެގަނެ، ފަސޭހައިން ކޮންޓްރޯލް ކުރާނެ ގޮތެއް ދެނެގަނެފި ނަމަ އެސްމާ ހުންނަ މީހުންނަށް ފަސޭހައިން ނޭވާލެވި، އާދައިގެ ދިރިއުޅުމެއް ހަރަކާތްތެރިކަމާއެކު ވޭތުކުރެވޭނެ އެވެ. އެސްމާ މުޅިން ރަނގަޅު ނުކުރެވުނަސް، ރަނގަޅު ގޮތްތަކެއް ބޭނުންކޮށްގެން މި ބަލި ކޮންޓްރޯލް ކުރެވިދާނެ އެވެ.
އެސްމާ އަށް މަގުފަހިކުރާ ތަފާތު ސަބަބުތައް ހުރެ އެވެ. މީގެ ތެރޭގައި ދުން، ހިރަފުސް، ފިނިވައި، ވަހާއި އެކުލެވޭ އެއްޗެހި، އަދި ސްޓްރެސް ނުވަތަ ކަސްރަތު ކުރުންވެސް ހިމެނެ އެވެ. ބައެއް މީހުންނަށް މި ބަލި ޖެހުމުގައި ވާރުތަވުމާއި ކުޑައިރު ނޭވާލާ ނިޒާމަށް ޖެހިފައި ހުންނަ ބައެއް ބަލިތައް ވެސް ގުޅިފައި ހުރެދާނެ އެވެ.
އެސްމާ ކޮންޓްރޯލް ކުރުމަށް ސިއްހީ މާހިރުން ވަރަށް ގިނަ ކަންކަމަށް އިރުޝާދު ދެ އެވެ. އޭގެތެރޭގައި:
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން، ސްޓްރެސް ކޮންޓްރޯލްކުރުން، އަދި ހަށިގަނޑަށް ބޭނުންވާ ކާނާ ބަލާ ބެލުން ފަދަ ދުޅަހެޔޮ އާދަތަކަކީ ވެސް ފުއްޕާމޭގެ މަސައްކަތް ރަނގަޅުކޮށް، އެސްމާ އަށް ކުރާ އަސަރުތައް ކުޑަކުރުމަށް އެހީތެރިވާނެ ކަންކަމެވެ.
ހޭލުންތެރިކަމާއި ދުވަހުން ދުވަހަށް ދެވޭ ފަރުވާއާއެކު، އެސްމާ ބައްޔަކީ އެއްވެސް މީހަކު ފަހަތަށް ޖައްސާނެ ބައްޔެއް ނޫނެވެ. ރަނގަޅަށް ބަލި މެނޭޖްކުރުމުން، ފަސޭހައިން ނޭވާލެވި، ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދޭނެ އެވެ.