އެމްއެންޑީއެފް ބުނީ ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ކަނޑުވި މީހުން ނަގައިގެން ކުޅުދުއްފުއްޓަށް ގެންގޮސްދީފާއިވާކަމަށެވެ.
އެ ދޯނިން، ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 08:45 ހާއިރުކަމަށްް އެމްއެންޑީއެފް އިން ބުނެއެވެ.
ހދ. ކުޅުދުއްފުށިން ށ. ފުނަދޫއަށް ދަތުރުކުރި އެ ސަޕްލައި ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.
ސަޕްލައި ދޯނި ބަންޑުން ޖަހާލި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.