ads
ސެން ޓީޗަރުން ތަމްރީނު ކުރުމަށްވި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި އައިޔޫއެމްއިން ވައިސް ރެކްޓާ ޑރ. އަލީ ޒާހިރާއި ވިލާ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު، ފޮޓޯއަކަށް ހުއްޓިލައިގެން -
އައިޔޫއެމާއި ވިލާ ކޮލެޖުން ސެން ޓީޗަރުން ތަމްރީނު ކުރަނީ
ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނު ކުރަން އިސްލާމިކް ޔުނިވަސިޓީ އާއި ވިލާ ކޮލެޖާ އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އައިޔޫއެމް އިން ސޮއިކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ޒާހިރެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖާއި އައިޔޫއެމްގައި އެއް އަހަރު ދުވަހުގެ ޑިޕްލޮމާ އިން ސެން ޓީޗިން ހެދޭނެ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ތެރޭގައި ފަށާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ. ކޯސް ކުރިއަށް ގެންދާނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެން ކިޔަވާ ގޮތަށް 8 މޮޑިއުލްއަކަށެވެ.

ކޯހަށް ފީދައްކަން ނުޖެހޭ އިރު ކޯހުގައި ކިޔަވާ ކޮންމެ މީހަކަށް ދަރިވަރަކަށް މަހަކު 1،500ރ. ގެ ޕޮކެޓްމަނީއެއް މިނިސްޓްރީން ދޭނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި ސެން ޓީޗަރުންނަށް ރިސްކު އެލަވަންސް އަލުން ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭރު ދެއްވައިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް