މޫސުމީ ކަންކަމުގެ ސަބަބުން ރާއްޖެއަށް ފިޔާ ގެނައުމަށް ދިމާވި ދަތިތަކަކާއި ގުޅިގެން، ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން އެސްޓީއޯއިން ގެނައި ފިޔާ ޝިޕްމަންޓް އެކުންފުނީގެ މައި ފިހާރަ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލްސެންޓަރުން ވިއްކަން ފަށާފައިވާކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ވިއްކަމުން އަންނަނީ 15 ރުފިޔާއަށެވެ.
މީގެ އިތުރުން އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.