
މިއީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލު ތަރައްގީކުރުމަށް ބޭންކުން ދޭ އެހީތެރިކަމުގެ ބައެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އާންމުކޮށް މި ގްރާންޓް ދެ ވިޔަފާރިއަކަށް ދިން ނަމަވެސް މި އަހަރު ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިން ވިޔަފާރިއަކަށް ގްރާންޓް ދޭން ވަނީ ނިންމައިފައެވެ.
މި ގްރާންޓްގެ ދަށުން، ކޮންމެ ވިޔަފާރިއަކަށް 500,000 ރުފިޔާ ލިބޭނެ އެވެ. މާލީ އެހީތެރިކަމުގެ އިތުރުން، ބޭންކުން ވަނީ ކާމިޔާބުކަމާ އެކު އެ މީހުންގެ ވިޔަފާރީގެ ޕްލޭންތައް ތަންފީޒުކުރުމަށް ބޭނުންވާ ފުރިހަމަ މާލީ އިރުޝާދު ދިނުމަށް ވެސް ނިންމާފަ އެވެ.
މި ގްރާންޓަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ސްޓާޓަޕް ގްރާންޓަކީ ބޭންކުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދިނުމަށާއި ރާއްޖޭގެ ސްޓާޓަޕް ވިޔަފާރިތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރަން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށެވެ.
މި ގްރާންޓަށް އެދި އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ހުށަހެޅޭނެ އެވެ. ގްރާންޓަށް އެދި ހުށަހަޅަން ޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި ޝަރުޠުތައް ފަދަ އިތުރު ތަފްސީލުތައް ބޭންކްގެ ވެބްސައިޓުން ލިބެން އެބަހުއްޓެވެ.