
މިދިޔަ މަހުގެ 28ވަނަ ދުވަހު, ވަޅިން ހަމަލާދީ މަރާލި، ލ. މާވަށު ނަލަހިޔާ، މޫސާ އިބްރާހިމް, 29 ގެ އޮޓޮޕްސީ ހެދުމަށްފަހު، މިރޭ މާލެ ގެނެސްފައިވާއިރު، އޭނާގެ ޖަނާޒާ އޮންނާނީ މާދަމާއެވެ.
ރިޕޯޓްތައް ބުނާ ގޮތުން، މޫސަގެ އާއިލާއިން އޭނާގެ ހަށިގަނޑު ވަޅުލަން ބޭނުންވި ނަމަވެސް، މޫސަ މަރާލި ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު އިތުރު ތަހުލީލުތަކަށް ވަނީ މާލެ ގެނެސް މާލޭގައި ބޭއްވުމަށް ފަހު ފޮނުވީ އިންޑިޔާއަށެވެ.
އޮޓޮޕްސީ ހެދުމަށްފަހު މޫސަގެ ހަށިގަނޑު މިރޭ މާލެ ގެނެސްފައިވީނަމަވެސް އޮޓޮޕްސީ ރިޕޯޓްގެ ތަފްސީލެއް ފުލުހުން އަދި ހާމަ ނުކުރެއެވެ.،
މޫސަގެ ޖަނާޒާ ބާއްވަނީ މާދަމާގެ މެންދުރު ނަމާދަށްފަހު އާސަހަރާގައެވެ.
ވަޅިން ހަމަލާދީ މޫސާ މަރާލި ކަމަށް، ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުޙައްމަދު އިބްރާހީމް, 29 ވަނީ ކޯޓުގައި އަމިއްލައަށް އިއުތިރާފުވެފައެވެ. އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.