އެއާޕޯޓްގައި ހިނގި މާރާމާރީ އާ ގުޅިގެން ފުލުހުން ބުނީ އެ މާރާމާރީގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯއެއްގައި ދެއްކޭ ގޮތުން، ދެ އަންހެނުންގެ މެދުގައި ހަމަނުޖެހުން އުފެދި، އޭގެ ތެރެއިން އެކަކު އަނެކާގެ ބުރުގާ މޫނާ އެއްކޮށް އޮޅާލިތަން ފެނެއެވެ.
ވީޑިއޯގައި ފެންނަނީ މި ދެ އަންހެނުން ތަޅާފޮޅުމުގެ ތެރޭގައި، ކައިރީގައި ތިބި މީހުންނާއި އެއާޕޯޓު ސެކިއުރިޓީން ހުއްޓުވަން މަސައްކަތްކުރާ މަންޒަރެވެ.
ބެލެވޭ ގޮތުގައި މި މާރާމާރީ ހިންގީ ދިވެހި ދެ އަންހެނުންގެ މެދުގައެވެ. މި މައްސަލައާ ގުޅޭގޮތުން މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށް މައުލޫމާތު ލިބެއެވެ.