
މާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް: ދެ މީހަކު ހައްޔަރުކޮށްފި - ފޮޓޯ: ޕޮލީސް
ބަނގުރާކަމަށް ބެލެވޭ 18 ފުޅިއާއެކު ދެ މީހަކު ހައްޔަރުކޮށްފި
އަލީ މިދުހަތު
07 އޯގަސްޓް 2025 - 18:22:28
މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ލ. ގަން / ތުނޑި. ފައިވްސްޓަރ، އަލީ ޝާމް (29އ) އާއި ހއ. ހޯރަފުށި / މީރަންގެ، އަލީ އައުފާން (20އ) ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް