ads
އެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު
ފަލާހުގެ ރައްދު، ދޮގު ފަތުރަން އައްބާސްއަށް ޔާމީން ރިޝްވަތުދިން
ޕީއެންސީން ދާދި އަވަހަށް މެމްބަރުންތަކެއް ވަކިވާނެކަމަށް ބުނެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ދެއްކެވި ވާގަކަތަކަށް ރިޝްވަތުގެ ތުހުމަތު އަޅުވާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ރައްދުދެއްވައިފިއެވެ.
Advertisement

ފަގަކަށް އައިސް ސަރުކާރަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ވެލިދޫ ދާއިރާގެ މެމްބަރު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައިި ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެމްބަރުން ގޮޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ގައުމާއި، ރައްޔިތުންގެ ހައްގުގައި ޕީ.އެން.ސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމީ ޔަގީން ކަމެއް ކަމަށެވެ.

އައްބާސްގެ މި ވާހަކަތަކަށް ރައްދު ދެއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުއެވެ. އޭނާ ވިދާޅުވީ ‏ޕީއެންސީ ޕީޖީ ގްރޫޕް ރޫޅާލެވިދާނެކަމަށް ހީކޮށް މިފަދަ ބުހްތާން ދޮގުވާހަކަ ފެތުރުމަކީ ވަރަށް ބޮޑުކުށްހީއެއްކަމަށެވެ. އަދި މިވާހަކަތައް އައްބާސް ދެއްކެވީ ކުރީގެ ރައީސް ޔާމިންގެ އަތުން ރިޝްވަތު ނަންގަވައިގެންކަމަށްވެސް ފަލާހު ވަނީ ތުހުމަތު ކުރައްވާފައެވެ. 

" މެމްބަރު އައްބާހަށްވަނީ މިފަދަ ފިތުނަ ފަތުރައިދޭ މަތިން ޔާމީނު ދާދިފަހުން އެގެއަށް ގެންގޮސް 3 މިލިއަން ރުފިޔާދީފައިވާ ކަމަށް މިދެކެވޭ ވާހަކަތަކަށް މި މެސެޖުން ބާރު އެބަލިބޭ،" ފަލާހު ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ޕީއެންސީ ބައިބައި ނުކުރެވޭނެކަމަށާއި ޕީއެންސީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް މުއިއްޒުގެ ފަހަތުގައި  ވަރަށް ސާބިތުކަމާއި އެކުކަމަށެވެ. 

ފަލާހު ވަނީ ބުއްދި ސަލާމަތުން ހުރުމުގެ ޝަރުތު އައްބާސްގެ ކިބައިގައި ނެތްކަމަށް ވިދާޅުވެ މަޖިލިސް މެމްބަރެއްގެ ކިބައި ހުންނަން ޖެހޭ ޝަރުތެއް އައްބާސްގެ ކިބައިން އުނިވެފައިވާކަމަށްވެސް ވިދާޅުވެފައެވެ. 

" މިފަދަ ފިތުނަވެރި ނުބައިވާހަކަތައް ފެތުރުމަކީ ތިމާގެ ސިޔާސީ ހުނަރުވެރިކަން ހާމަކޮށްދޭކަމެއްކަމުގައި ދެކުމަކީ ވަރަށް ބޮޑު ކުށްހީއެއް މީގެން އަންގައިދެނީ ތިމާއަކީ އެއްވެސް އަހްލާގެއް ނެތް ބުއްދިގޯސް މޮޔައެއްކަން. " އައްބާސްެއަށް ރައްދު ދީ ފަލާހް ވިދާޅުވިއެވެ.

ޕީއެންސީގެ ކޯލިޝަންގައި ހިމެނުނު އެމްޑީއޭގެ މެމްބަރު އައްބާސް ގެންދަވަނީ ފަހަކަށް އައިސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ވެލިދޫއަށް ރައީސް މުއިއްޒު ދާދި ފަހުން ކުރެއްވި ޒިޔާރަތުގައި ވިދާޅުވީ އެ ދާއިރާގެ ކަންކަން ތަރައްގީގެ ކުރަން ކުރާ މަސައްކަތައް ދާއިރާގެ މެމްބަރުގެ އެހީތެރިކަން ނުލިބޭކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް