ސްޓެޓިސްޓިކްސް ބިއުރޯއިން އިއްޔެ އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މަހު އަސާސީ ތަކެތީގެ އަގުތައް ވަނީ އޭގެ ކުރީ ޖޫން މަހާ އަޅާ ބަލާއިރު 2.7 އިންސައްތަ ބޮޑުވެފައެވެ.
އެ ހިސާބުތައް ދައްކާގޮތުން އަގުތައް އެންމެ ބޮޑުވީ ކޮފީއާއި މޭވާގެ ބާވަތްތަކުންނެވެ. އެ ގޮތުން، މިދިޔަ މަހު ކޮފީގެ އަގުތައް ވަނީ 13.5 އިންސައްތަ އުފުލިފައެވެ. އަދި، މޭވާގެ އަގުތައް ވަނީ 9.8 އިންސައްތަ އުފުލިފައެވެ. ދެން އަގު މައްޗަށް އެންމެ ބޮޑަށް އެރީ މޭވާއާއި ތަރުކާރޫ ޖޫސްތަކުގެއެވެ. މި ތަކެތީގެ އަގު 7.7 އިންސައްތަ އުފުލުނެވެ.
މިދިޔަ މަހު އގު ދަށަށް ދިޔައީ ތަރުކާރީއާއި ގޭހުންނެވެ. އެގޮތުން ތަރުކާރީގެ އަގުވަނީ 3.7 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ގޭހާއި ތެލުގެ ބާވަތްތަކުގެ އަދު ވަނީ 1.5 އިންސައްތަ ދަށަށް ގޮސްފައެވެ.
އަގަށް ބަދަލުތައް އައި ގޮތް (އަގު މައްޗަށް ދިޔަ ބާވަތްތައް )
އަގަށް ބަދަލުތައް އައި ގޮތް (އަގު ދަށަށް ދިޔަ ބާވަތްތައް )
ފަހަކަށް އައިސް ބާޒާރުގައި ވަނީ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލި އެތައް ބައެއްގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން އާފަލެއްގެ އަގު ވަނީ 10 ރުފިޔާއިން މައްޗަށް އަރާފައެވެ. މީ ކުރިން އާފަލު ލިބޭ އަގަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ.