ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހދ. ނޭކުރެންދޫއަށް ގެނައި 400 ކިލޯވޮޓުގެ އާ ޖެންސެޓް އިންސްޓޯލުކުރުމަށްފަހު، ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ނޭކުރެންދޫގައި އިތުރުވަމުންދާ އާބާދީއާއެކު ކަރަންޓަށް އޮންނަ ޑިމާންޑު އަންނަނީ އިތުރުވަމުންނެވެ.
ނޭކުރެންދޫއަށް އާ ޖެންސެޓެއް ގެންގޮސްފައިވަނީ ނިމުނު ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. ރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ އެއް މައްސަލައަކީ ކަރަންޓުގެ މައްސަލަ އެވެ.
އެ މައްސަލަތައް ހައްލުކޮށް، ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.