ads
ހޭ ހަދިޔާ ކުރަނީ---ފޮޓޯ:އެމްބީއެސް
ކަރަންޓު ކެނޑުނަސް ލޭގެ ރައްކާތެރިކަމާއި ކޮލިޓީއަށް އަސަރެއް ނުކުރޭ: ސީއީއޯ
ކަރަންޓު ކެނޑުނު ނަމަވެސް ތެލެސީމިއާ ސެންޓަރުގައި ރައްކާކޮށްފައިހުރި ލޭގެ ރައްކާތެރިކަމާއި ކޮލިޓީއަށް އެއްވެސް އަސަރެއް ނުކުރާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
Advertisement

ހަލީމް މިހެން ވިދާޅުވީ ކަރަންޓު ބެކްއަޕް ނެތުމުން ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ އެޅުން މެދުކަނޑާލައިފިވާ ކަމަށާއި، ގިނައިރުވާނަމަ ރައްކާކުރެވިފައިވާ ލޭ ހަލާކުވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓަކަށް ރިޕްލައިކުރައްވަމުންނެވެ. 

"ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ތެދުނޫން މައުލޫމާތު ފެތުރުން ހުއްޓާލެއްވުމަށް،" ސީއީއޯ އިލްތިމާސްކުރައްވާފައިވެއެވެ.

ހަލީމް ވިދަޅުވީ، ތެލަސީމިއާ ސެންޓަރުގައި ސްޓެލްކޯ ކަރަންޓް ހުރި ކަމަށާއި، ކަރަންޓް ކެނޑުމުން ވަގުތުން ބެކްއަޕް ކަރަންޓްވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ލޭއެޅުން މެދުކަނޑާލާފައި ނުވާނެ ކަމަށާއި، ކަރަންޓް ކެނޑުނު ވަގުތު ކްރޮސްމެޗް ހެދުން ފަސް ވަރަކަށް މިނިޓު މަޑުކޮށްލަންޖެހުނު ނަމަވެސް ރައްކާކޮށްފައިހުރި ލޭ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ބުނީ ބެކަޕް ކަރަންޓް ވަގުތުން އޮންވާނެ ކަމާއި، ބެހެއްޓިފައި ހުންނަ ލޭގެ ރައްކާތެރިކަމާއި ކޮލިޓީއަށް އަސަރެއް ނުކުރާނެ ގޮތަށް ކަންކަން އިންތިޒާމު ކުރެވިފައި ހުންނާނެކަމުގެ ޔަގީންކަން ދީފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް