
މި ފްލައިޓަކީ ސައުދީ ގަޑިން މިއަދު މެންދުރު ފަހު 3:45 ގައި ފުރާ ގޮތަށް ހަމަޖައްސާފައި އޮތް ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް ކިއު2 6361 އެވެ. މި ފްލައިޓަކީ މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު، އޭ330-200 ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ދަތުރެކެވެ.
ހައްޖު ކޯޕަރޭޝަންގެ ސީއީއޯ މުހައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފްލައިޓް ލަސްވީ ކަމަށެވެ. އަދި ގާތްގަނޑަކަށް ދެ ގަޑިއިރު ލަސްވުމަށްފަހު، މައްސަލަ ހައްލުކޮށް ސައުދީ ގަޑިން މިއަދު ހަވީރު 6:00 ގައި މާލެއަށް ފުރާގޮތަށް ހަމަޖެހިފައިވާ ކަމަށާއި ފްލައިޓުގައި ދަތުރުކުރާ ހުރިހާ އުމްރާވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސްކޫލް ބަންދުގައި ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ގްރޫޕެއްގެ ފަރާތުން އުމްރާއަށް ދިޔަ 750 އަށް ވުރެ ގިނަ މީހުންގެ ވައިގެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ މޯލްޑިވިއަން މެދުވެރިކޮށެވެ. އުމްރާ ވެރިން ގެންދިއުމަށް އެ އެއާލައިނުން ވަނީ މާލެއިން ޖިއްދާއަށް ޑައިރެކްޓް ފްލައިޓުތައް ބާއްވައިފައެވެ. ނަމަވެސް މޯލްޑިވިއަންގެ ފަރާތުން މި ފްލައިޓް ލަސްވި ސަބަބާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.