ads
އެންސިސް މަސް ފެކްޓަރީ
އެންސިސްގެ ކޭނަރީ މިފްކޯއިން ގަންނަނީ، މިހާރު މަޝްވަރާތަކުގައި
އެންސިސްގެ ކޭނަރީ ގަންނަން ނިންމާ އެކަމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަކަމަށް މިފްކޯއިން ބުނެފިއެވެ.
Advertisement

މިފްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެންސިސްގެ ކޭނަރީ މިފްކޯއަށް ލިބިގަތުމަށް ހަދަންޖެހޭ ދިރާސާތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ދަނީ މަޝްވަރާތައްކަމަށްވެސް މިފްކޯއިން ބުނެއެވެ. 

" ފަހުގެ މެޝިނަރީއާއި އާލަތްތަކާއިއެކު އިންވެސްޓްކުރުމަށްފަހު ދޮޅު އަހަރަށް ހުއްޓިފައި ހުރި، އެންސިސް ކޭނަރީގެ ޕްރޮސެސިންގެ ކެޕޭސިޓީ މިފްކޯއަށް ލިބިގަތުމަށްޓަކައި ދިރާސާތައް ނިންމުމަށްފަހު އެންސިސްއާއި އެކު އަންނަނީ މަޝްވަރާކުރަމުން." މިފްކޯއިން ނެރުނު ބަޔާނުގައިވެއެވެ.

މިފްކޯއިން އެންސިސް ގަންނަ ވާހަކަ ބުނެފައިވަނީ އެކުންފުނީގެ ސެންޓަރުތަކުގެ ހާލަތު ރަނގަޅޫ ކުރުމާއި އެކު ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރަމަށް ކުރެވުންދާ މަސައްކަތްތައް ބަޔާންކޮށް ނެރުނު ބަޔާނެއްގައެވެ. 

އެންސިސްގެ ކޭނަރީއަކީ ގާތްގަނޑަށް 25 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ކޭނަރީއެކެވެ. އެތަނުގެ މަސައްކަތް 2023ގައި ހުއްޓާލީ މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމުންނެވެ. 

އެންސިސްގެ ކޭނަރީގައި ގާތްގަނޑަކަށް ދުވާލަކު 30 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން ހުރެއެވެ. މީގެއިތުރުން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއްވެސް އެތަނުގައި ހުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް